Monday, March 31, 2014

ކޮގްނިޓިވް ލާރނިންގ ތިައރީ

       ޕިއާރޖޭގެ ކޮގްނިޓިވް ލަރނިންގ ތިއަރީއަކީ މައިގަނޑު ގޮތެއްގައި ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ތިއަރީއެކެވެ. އެހެންކަމުން ކްލާސް ރޫމެއްގައި މުދައްރިސަށް މިތިއަރީގެ ބޭނުން ހިފުމަކީ މާއުނަދަގޫކަމަކަށް ވެގެން ނުދާނެއެވެ. މިތިއަރީ ބުނާގޮތުން ކުދިންނަށް ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް އައު މަޢުލޫމާތުތަކެއް ދިނުމަކި އޭގެ ސަބަބުން ކުދިންނަށް އެ ފިލާވަޅެއްގެ މައުލޫމާތު ލިބިފައިވަނީ ކިހާމިންވަރަކަށްތޯ ބެލުމަށްފަހު އެކުދިންނަށް އެނގިފައިވާ މައުލޫމާތުތަކުގެ  މައްޗަށް ބިނާކޮށް އެއާއި ގުޅުވާލައިގެން އާ މައުލޫމާތުތަކެއް ދެވިދާނެއެވެ. އޭރުން ކުދިންނަށް އެފިލާވަޅެއް އޮޅުން ފިލާލެއް އަވަސްވެގެންދާނެއެވެ.
      އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގެނެވޭ އެއްޗެއް ގުޅުވައިލެވިގެންކަމަށް ޕިއާޖޭ ހާމަކުރައްވައެވެ.  މިތިއަރީގެ މައިގަނޑު މޮޑެލަކީ އިންފޮމޭޝަން ޕްރޮސެސިން ތިއަރީ (އައި.ޕީ.ޓީ) ނުވަތަ އިންފޮމޭޝަން ޕޮރޮސެސިން މޮޑެލް (އައި.ޕީ.އެމް) އާއި މި ވިސްނުމުގެ މާހައުލުން މަޢުލޫމާތު ވަންނަ ތިން ޖާގައެއް (މެމޮރީ) ހިމެނެއެވެ. އެއީ:
·         މަޢުލޫމާތު އަލަށް ރަޖިސްޓްރީ ކުރެވޭ ތަން ( ސެންސަރީ ރެޖިސްޓަރ)
·         މަޢުލޫމާތު ބޭނުން ކުރެވޭ ތަނާ (ވާރކިންގ މެމޮރީ)
·         މަޢުލޫމާތު ދިގު މުއްދަތަށް ރައްކައު ކުރެވޭ ތަން (ލޯންގް ޓާރމް މެމޮރީ)
   ސިކުނޑީގެ މަޢުލޫމާތު ރަޖިސްޓަރ ކުރާ ތަން (ސެންސަރީ ރެޖިސްޓަރ) ގައި، ދަރިވަރުންނަށް ކިޔަވައިދޭއިރު ޚާއްޞަކޮށްލެވޭ ތަފާތު މަޢުލޫމާތުތައް އޮޅުންފިލުވައިދިނުމުގައި ސަމާލުކަން ދެމެހެއްޓުމުގެ މުހިއްމުކަން ވަރަށް ބޮޑަށް މި މޮޑެލްގައި ބަޔާންކޮށްފައިވެއެވެ. އުނގެނުން މާނަ ހުރި އެއްޗަކަށްވަނީ ކުރިން އެނގިފައިވާ އެއްޗަކާއި އަލަށް އެނގޭ އެއްޗެހި ގުޅުވައިލާއިގެންނެވެ.
   މި ތިއަރީގެ ސަބަބުން ކުދިންގެ އުނގެނުން އިތުރަށް ފުރިހަމަކޮށްދެއެވެ. މިގޮތުން، ކުދިން އަމިއްލަ ވިސްނިމުން އެނގިފައިވާ ކަމަކާ ގުޅުވައިގެން ދަސްކޮށް، ކިޔައި މުރާޖަޢާކޮށް (ރިހާސަލް)، ތަފާތު ނަންނަން ދީގެން، ކަންކަމާއި ގުޅުވައިގެން (އެންކޯޑިންގ) އަދި ހަނދާނަން ގެނެސްގެން (ރިޓިރީވަލް) އުނގެނެއެވެ. މިއީ އެންމެ އާންމުކޮށް ކުދިން ބޭނުންކުރާ ގޮތްތަކެވެ. ހަމައެހެންމެ މިނޫން ގޮތްގޮތަށްވެސް ކްލާސްރޫމްގައި މިތިއަރީ ބޭނުންހިފިދާނެއެވެ.
   މި ތިއަރީގައި ދަރިވަރުންނަށް ކުރިން އެނގިފައިވާ މަޢުލޫމާތުތަކާއި ފަހުން އެނގޭ މަޢުލޫމާތު ގުޅުވައިގެން މަޢުލޫމާތުތައް  ފަރިތަކުރުމަށް މަގުފަހިކޮށް ދިނުމާއެކު މުހިއްމު ނުކުތާތައްދީ، ރޭވިގެން ތަރުތީބުން ގެންދެވޭ ބައިތަކެއްގެ ގޮތުގައި މަސްހުނިނުކޮށް ކިޔަވައިދެވެއެވެ. އަދިހަމައެހެންމެ ވާރކިންގ މެމޮރީއަށް މަޢުލޫމާތެއް ވަނުމަށްފަހު ހަނދާނަން ގެންނާނެ ތަފާތު ގޮތްތަކާ ގުޅުވައިގެން މަޢުލޫމާތުތައް ދަސްކުރުމަށް ފުރުޞަތުދެވޭކަންވެސް ފާހަގަކޮށްލެވެއެވެ.






2 comments:

  1. މި ލިއުން މިއަށް ވުރެ ތަފްޞީލް ކޮށްލިނަމަ ފުރިހަމަކަން އިތުރުވެގެން ދާނެއެވެ.

    ReplyDelete
  2. http://aminathhussaindidi.blogspot.com/2013/05/blog-post.html

    ReplyDelete